Muhammad Ahumad

Muhammad Ahumad

Share

27/11/2025

GRC - Gadhdhoo Recreation Club

GRC - Gadhdhoo Recreation Club Empowering Gadhdhoo. Elevating our athletes. Inspiring our youth.

14/09/2025

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ގައްދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް އަޅުގަނޑު ނިންމި ނިންމުން އަނބުރާގެނެސްފައިވާކަން ޢާންމުކޮށް އިޢުލާންކުރަމެވެ. ﷲ ތަޢާލާ އަޅުގަނޑާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތާއި ޒިންމާ، ހިނގަމުންމިދާ ކައުންސިލްގެ ދައުރު ނިމުމަށް އޮތް މުއްދަތުގައި ފުރިހަމައަށް އަދާކޮށް ނިންމުމުގެ ތައުފީޤާއި ފަސޭހަކަން ދެއްވާށިއެވެ! ގައްދުއަށް އަބަދުވެސް ފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވާށިއެވެ!

09/09/2025

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު(7/2010) ގެ 2 ވަނަ މާއްދާ އާއި 22 ވަނަ މާއްދާގެ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި މިޤާނޫނުގެ 30 ވަނަ މާއްދާގައިވާ، ކައުންސިލް ރައީސްގެ ވާޖިބުތައް އަދާކުރުމަށްޓަކައި ހިނގަމުން މިދާ ކައުންސިލްގެ 4 ވަނަ ދައުރުގެ 2024 ގެ ނިޔަލަށް ސްޕޮންސަރކޮށް %100 ނަތީޖާ ނެރެވުނު، 28 މައްސަލަ ތިރީގައިމިވަނީއެވެ.

މިމަސައްކަތްކުރުމުގައި އެއްބާރުލުންދެއްވި ކައުންސިލްގެ މުޅި ޓީމަށް ޝުކުރުގެ ޖިޒީ އަދާކުރުމާއިއެކު، ހެޔޮކަމުގެ މަގަށް ތައުފީޤު ދެއްވަވާ ތާއަބަދުގެ މަދަދުގާރު ރައްބުލް އިލާހީއަށް ޙަމްދު ޚާލިޞްކުރަމެވެ.
https://drive.google.com/file/d/1_9IgpG8dB-jyb1kgmKONEPvtVLR-uH3s/view?usp=sharing

28/08/2025

ގައްދޫގެ ތަރައްޤީގެ މަރުކާ ވަޒަންކޮށް މިނަންވާނީ ގދ.ގަންވެސް ލާހިކޮށްގެންނެވެ!

ގދ.ގަމަކީ، ގައްދޫ ކައުންސިލްގެ އިޚްތިސާސްގައި ހިމެނޭ ދެވަނަ ފަހަރަށް، 2024 މެއި 19 ވަނަދުވަހު ޕްލޭނިންގ މިނިސްޓްރީއިން އެޕްރޫވް ކުރި ގދ.ގައްދޫ ބިނާވެށި ޕްލޭނުގައި އެއްފަސް ކޮށްފައިވާ ފަޅު ރަށެކެވެ.

ސަތޭކަ ޕަސަންޓް ސަރުކާރު ހިއްސާވާ އެގްރޯ ކުންފުންޏަށް ތިން ރަށެއް ދިނުމަށް ކުރީގެ ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބަޔެެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. އަދި ގައްދޫ ދާއިރާގެ އޭރުގެ މަޖިލިސް މެމްބަރު އަހްމަދު ޒާހިރު ވަނީ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ގދ. ގަން ދިނުމަކީ ފޭރުމުގެ އަމަލެއްގެ ގޮތުގައި މީގެ ކުރިން ސިފަކުރައްވާފައި ވެއެވެ.

ގައްދޫ ކައުންސިލާ ގަން ހަވާލު ކުރުމަކީ ރައީސް އިބްރާހީމާއި ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ގަމުގެ އަވަ ދައްކައިގެން އައި ވެރިކަން އުވާލުމަށް ލިސްޓްކުރި އެގްރޯނެޓު ކުންފުނިން ނުނެއްޓުނުތާގައި ގަމުގެ ބިމާއިގުޅޭ ކުޑަވެސް މުއާމަލާތެއްކުރުމުގެ ފުރުޞަތު ގައްދޫ ކައުންސިލަށް ނުދީ ހުރަސްއެޅިއެވެ. ބޭނުންތެރި އެހާމެ ފައިދާހުރި ސިނާޢަތްތަކެއް، ގަމުގައި ހިންގުމަށް ޝައުޤުވެރިވެ ކައުންސިލަށް ލިބިފައިހުރެމެ އިޤްތިޞާދީ އެފަހި ސިންދަފާތުކުރުމުގެ ފުރުޞަތަށް އިތުބާރު ގެއްލުވާލައި ހުއްޓުވީއެވެ.

Want your public figure to be the top-listed Public Figure in Male?
Click here to claim your Sponsored Listing.

Category

Telephone

Address

Male
17040