Help Ali Ashraf - Cancer Patient

Help Ali Ashraf - Cancer Patient

Share

Photos from Help Ali Ashraf - Cancer Patient's post 13/03/2026

އަޝްރަފްއަށް އެހީވަމާ..

އިންޑިއާގެ ކިމްސް ހޮސްޕިޓަލުން މިވަގުތު ލޭގެ ކެންސަރަށް ފަރުވާހޯދަމުންދާ ޢަލީ އަޝްރަފް ބޯންމެރޯ ހެދުމަށްފަހުވެސް ގިނަ ދުވަސްތަކެއް އިންޑިއާގައި ހޭދަކުރަން ޖެހިފައިވާތީ މާލީ ގޮތުން ދަތިވެ އެހީތެރިކަން ބޭނުންވެއެވެ. ކުރިއަށް އޮތް 3 މަސް މި ފަރުވާއަށް އިންޑިއާގައި ހޭދަކުރަންޖެހޭނެކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ.

މިހާތަނަށްވެސް ބޮޑު ޚަރަދެއް މި ފަރުވާގައި ހޭދަވެފައިވާއިރު، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ހުއްޓިފައިވާއިރު، އެކި ގޮތްގޮތުން ލިބުނު އެހީތެރިކަމުން މިއަދާހަމައަށް އާދެވުނީތީ ޙަމްދުކޮށް ޝުކުރުވެރިވަމެވެ. ނަމަވެސް އަނެއްކާވެސް އަޅުގަނޑުމެން މިވަނީ ޟަރުރީ ކަންކަމަށް ޚަރަދުކުރަން ދަތިވެ މާލީގޮތުން ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ.

ވީމާ އަޅުގަނޑު އެދެނީ ތިޔަ ފަރާތްތަކުގެ އެހީއަކަށެވެ. އަދި އެހީތެރިކަން ދެވެން ނެތްނަމަވެސް މި ޕޯސްޓް ވީހާވެސް ގިނަ ފަރާތްތަކަކަށް ފެންނާނެ ގޮތަށް ޝެއަރ ކޮށްދިނުމަށެވެ. އަދި އަވަސް ޝިފާއެއް ދެއްވައި އެނބުރި ރާއްޖެ ދިއުމުގެ ތަވްފީޤު ދެއްވުން އެދި ތިޔަ ފަރާތްތަކުގެ ދުޢާ އަށެވެ.

ބެންކް އެކައުންޓްގެ ތަފްސީލު:

އެކައުންޓް ވެރިފަރާތް: އަޙްމަދު ސަޢީދު، މާލެގަން. މަދަރުސާގެ / ޏ.ފުވައްމުލައް. (ޢަލީ އަޝްރަފްގެ އެއްބަޑު އެެއްބަފާ ބޭބެ)

ދިވެހި ރުފިޔާ އެކައުންޓް: 7715118326101
ޑޮލަރު އެކައުންޓް: 7715118326102

އެންމެ ރުފިޔާއަކީވެސް ބޮޑު އެހީތެރިކަމެކެވެ!

https://helpali.carrd.co

20/12/2025

Alhamdulillahi ❤️‍🩹

25/10/2025

Update:

25/10/2025

އަޕްޑޭޓް:

Want your business to be the top-listed Shop in Male?
Click here to claim your Sponsored Listing.

Website

Address

Male